"ޕްރޮޖެކްޓް އެޕޯލޯ" - ކުރިއަށް ނުގެންދިޔަ ސަބަބުތައް

AhmedSharyph
އިންސާނުން ހަނދަށް ދިޔަހެއްޔެވެ؟ މި އީ ފާއިތުވި ފަންސާސް އަހަރު އެތައް ބަޔަކު ދެއަތަށް ވާހަކަ ދައްކާ އިންސާނީ އެއް މަޢުލޫއެވެ. އޭރުގެ އެ ޓެކްނޮލޮޖީ އަށް ވުރެ މި ފަހުގެ ޓެކްނޮލޮޖީ މިއަދު މާ އަދި އެހާމެ މި ވަނީ ކުރިއަރައިގެން ގޮސްފައެވެ. އެމެރިކާގެ ޖައްވީ އިދާރާއިން އެޕޯލޯ ހަނދު މިޝަން ގެ ނަމުގައި، "ސެޓަރން V(5)" ރޮކެޓް ބޭނުން ކޮށްގެން އިންސާނަކު ހަނދަށް ގެންދިއުމަށް މަސައްކަތް ފެށީ 1961 އަހަރު އެވެ. ޖުމްލަ 12 "އެސްޓްރޮނޯޓް"- ން ވަނީ ހަނދަށް ގޮސްފައެވެ. 3 އަހަރެއްހާ މުއްދަތުގެ ތެރޭގައި ޖުމްލަ 6 ދަތުރުންނެވެ.
އެޕޯލޯ ހަނދު މިޝަންގެ ތާރީޚް:
އެޕޯލޯ ފްލައިޓް 7 (11- 22 އޮކްޓޯބަރ 1968):- މި މިޝަންގެ ބޭނުމަކީ "ކޮމާންޑް މޮޑިއުލް" ޓެސްޓް ކުރުމެވެ. ދަތުރުގައި ބައިވެރި ވެފައި ވަނީ، ސްޗިއްރާ، އައިސެލީ އަދި ކަނިންގހަމް އެވެ.
އެޕޯލޯ ފްލައިޓް 8 (21 -27 ޑިސެމްބަރ 1968):- މިއި ފުރަތަމަ އިންސާނުންނާއި އެކު ހަނދު ވަށައިގެން ބުރުޖެހުމަށްފަހު އެނބުރި ބިމަށް އައި ފުރަތަމަ އެޕޯލޯ ފްލައިޓެވެ. މިޝަންގެ ބައިވެރިންނަކީ، ބޯރމަން، ލޮވެލް އަދި އެނޑަރސް އެވެ.
އެޕޯލޯ ފްލައިޓް 9 (03 – 13 މާރިޗް 1969):- މިއި މިއީ ލޫނާރ މޮޑިއުލް ޓެސްޓް ކުރުމަށް ކުރިއަށް ގެންދިއަ މިޝަންއެކެވެ. މިޝަންގެ ބައިވެރިންނަކީ، މެކްޑިވިޓް، ސްކޮޓް، އަދި ސްޗީކްކާރޓް އެވެ.
އެޕޯލޯ ފްލައިޓް 10 (18 – 26 މެއި 1969):- މި މިޝަންގައި ހަނދުގެ ވަށައިގެން ދަތުރުކޮށް ލޫނާރ މޮޑިއުލް ޓެސްޓްކޮށްފައިވެއެވެ. މިޝަންގެ ބައިވެރިންނަކީ، ސަރނަން، ޔަންގް އަދި ސްޓެފޯރޑް އެވެ.
އެޕޯލޯ ފްލައިޓް 11 (16-24 ޖުލައި 1969):- އިންސާނުންނާއި އެކު ފުރަތަމަ ހަދުގައި ޖެއްސި އުޅަނދު މިޝަންގެ ބައިވެރިންނަކީ، އާރމްސްޓްރޯންގް، އެލްޑްރިން އަދި ކޮލިންސް އެވެ. ހަނދުގައި ހަރަކާތްތެރިވީ ، އާރމްސްޓްރޯންގް އަދި އެލްޑްރިން އެވެ. ކޮލިންސް ހުރީ ހަނދުގެ ވަށައިގެން ބުރު ޖަހަމުން ދިޔަ ކޮމާންޑް މޮޑިއުލްގައެވެ.
އެޕޯލޯ ފްލައިޓް 12 (14-24 ނޮވެމްބަރ 1969):- މި ދަތުރުގެ ބައިވެރިންވެސް ހަނދަށް ދިޔައެވެ. އެއީ ކޮންރެޑް އަދި ބީން އެވެ. ގޯރޑްން ހުރީ ހަނދުގެ ވަށައިގެން ބުރު ޖަހަމުން ދިޔަ ކޮމާންޑް މޮޑިއުލްގައެވެ.
އެޕޯލޯ ފްލައިޓް 13 (11-17 ޖުލައި 1970):- ހަނދަށް ދިއުމަށް ދަތުރު ކުރި ކޮމާންޑް މޮޑިއުލް އަށް ކުރިމަތިވި މައްސަލަތަކަކާއިގެން ދަތުރު ކޮށް ބިމަށް އައީ އެވެ. ދަތުރުގެ ބައިވެރިންނަކީ، ލޯވެލް، ސްވިގެރޓް އަދި ހައިސީއެވެ. އެޕޯލޯ މިޝަން ތަކުގެ ތެރެއިން އެންމެ މަސްހޫރު އެ މިޝަންއެވެ. މި މިޟަން އައި ގުޅޭގޮތުން ފިލްމެއްވެސް ވަނީ ހަދާފައެވެ.
އެޕޯލޯ ފްލައިޓް 14 (31 ޖެނުއަރީ – 9 ފެބްރުއަރީ 1971):- ހަނދުގައި ޖެއްސި މިޝަންއެއް، ހަނދުގައި ހަރަކާތްތެރިވީ، ސެފާރޑް އަދި މިޗެލްއެވެ. ރޫސަލް އަކި ކޮމާންޑް މޮޑިއުލް ގައި ހުރި ފަރާތެވެ.
އެޕޯލޯ ފްލައިޓް 15 (26 ޖުލައި-7 އޯގަސްޓް 1971):- ހަނދުގައި ޖެއްސި މިޝަންއެއް، ހަނދުގައި ހަރަކާތްތެރިވީ، ސްކޮޓް އަދި އާރވިން، ކޮމާންޑް މޮޑިއުލްގައި ހުރީ ވޯރޑެން އެވެ.
އެޕޯލޯ ފްލައިޓް 16 (16-27 އޭޕްރީލް 1972):- ހަނދުގައި ޖެއްސި މިޝަންއެއް، ހަނދުގައި ހަރަކާތްތެރިވީ، ޔަންގް އަދި ޑިޔުކް، ކޮމާންޑް މޮޑިއުލްގައި ހުރީ މެޓިންގްލީއެވެ.
އެޕޯލޯ ފްލައިޓް 17 (7-19 ޑިސެމްބަރ 1972):- ހަނދުގައި ޖެއްސި މިޝަންއެއް، ހަނދުގައި ހަރަކާތްތެރިވީ، ސަރަނަން އަދި ސްމިޓް ކޮމާންޑް މޮޑިއުލްގައި ހުރީ އީވާންސް އެވެ.
މި ފްލައިޓާއި އެކުގައި، ޤަދީމީ ގްރީކުން އެމީހުންގެ އިރުގެ ކަލާންގެ އަށް ކިޔާ ނަން ކަމުގައިވި "އެޕޯލޯ" ގެ ނަމުގައި، 1963-1972 ކުރިއަށް ގެންދިއަ ޖައްވީ ޕްރޮގްރާމް ނިމުނީ އެވެ. އެއަށް ފަހުން މި ފާއިތުވެ ދުވަސްތަކުގައި އިންސާނުން ހަނދަށް ގޮސްފައެއް ނުވެއެވެ. އޭގަ ބަދަލުގައި ރޮބޮޓްތަކާއި ޖައްވީ އެކި އުޅަނޑުތައް ވަނީ ހަނދަށް ގޮސްފައެވެ.
ވީޑިއޯގައި ވަރަށް ތަފްޞީލްކޮށް އެޕޯލޯ ޕްރޮގްރާމްގެ ފަހުން އެއްވެސް ބަޔަކު ހަނދަށް އިންސާނުން ނުފޮނުވި ސަބަބުތައް އެވަނީ ބަޔާކޮށް ދީފައެވެ. ޚަރަދާއި، ވާދަވެރިކަމާއި، ވަގުތާއި އަދި އެތައް އެތައް ސަބަބުތަކަކާއި ހުރެއެވެ. ނަމަކަށް ކުރާވަރުގެ ކަމެއްކަމުގައި ނުވާތީއެވެ.
ނަމަވެސް "އާރޓެމިސް"- ޤަދީމީ ގްރީކު މީހުން ޤަބޫލު ކުރި ކަލާންގެ ތަކުގެ ތެރެއިން ސިކާރަކުރުމުގެ ރަސްދަރިއެކެވެ. އަދި އިރުގެ ކަލާންގެ އެޕޯލޯގެ އެއްމާބަނޑު ވެސް ފަރާތެކެވެ.- ގެ ނަމުގައި 2024 ވަނަ އަހރު ހަނދަށް އިންސާނުން ފޮނުވުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. މި ދަތުރުގައި އެންމެ ފުރަތަމައިން ހަނދަށްދާ އަންހެންނާވެސް ހިމެނޭނެއެވެ.