`
ހުޅުވާލެވިފައިވާ ސިޓީއެއް
ދިވެހިރާއްޖޭގެ
ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިހަށް
ވެދުން ސަލާމަށްފަހު
ދަންނަވަމެވެ.
މިއަދު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފެތުރެމުން މިދާ ކޯވިޑް-19 ވަބާގެ ރާޅުތައް ދިވެހި ރާއްޖޭގެ ގޮނޑުދޮށްތަކަށް މިދަނީ ބީހެމުންނެވެ.
މި ކަމަކީ ނުހަނު ގިނަ ބަޔަކަށް އެކަމުގެ އަޞަރު ފޯރާފާނެ އަދި އެތައްބަޔެއްގެ ފުރާނައަށްވެސް އަޞަރު ކޮށްފާނެ ވަބާއެއްކަން ދުނިޔޭގެ ކަންކޮޅުތަކުން ފެންނަމުންދާ މަންޒަރު ތަކުންނާއި އިވެމުންދާ ޚަބަރުތަކުން އެނގެއެވެ.
މިފަދަ ވަބާ އަކުން ރައްކާތެރިވުމަށް ވަގުތުން ވަގުތައް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅިގެން ދޭންޖެހޭ އިރުޝާދު ދިނުމުގައި އެރަށަކުން އެރަށެއްގެ ރައްޔިތުންނަށް މެސެޖުތަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.

ނަމަވެސް، މިއަދު
އަޅުގަނޑުމެންގެ ގައުމުގައި މިކަން ކުރުމަކީ އިންތިހާއަށް އުނދަގޫ ކަމެކެވެ.
އިންޓަރނެޓާއި ކޭބަލް ޓީވީގެ ޚިދުމަތް ހުރެމެ، ތިބެން މިޖެހެނީ އިންފޮމޭޝަން
ހައިވޭ ގެ އުޖާލާކަމާއި އޮފުދާރު ކަމުން މަޚްރޫމުވެފައެވެ.
ދަންނަވަން މިއުޅެނީ މީގެ ކުރިން ރަށްރަށުގައި ދޫކުރެވެމުން ދިޔަ "ރަށު ޗެނަލް"ތައް ވުޖޫދުގައި ނެތްވާހަކައެވެ. ދިރާޖު، މީޑިއާނެޓް އަދިވެސް މި ފަދަ އެހެން ކުންފުނިތަކަށް ޚިދުމަތް ދިނުމަށް ހެދި ގާނޫނުތަކާއި ގަވާއިދުތަކާއި އެކު ރަށު ޗެނަލް ކަފުންކޮށް ވަޅުލެވުނު ވާހަކައެވެ.
މިދަނޑިވަޅުގައި ރަށު ޗެނަލްތައް އަލުން އުފައްދައި ރަށުގެ ގޭ ގޭގެ ސިޓިންގް ރޫމްތަކާއި ކޮޓަރިތަކަށް އަދި އައިސޮލޭޝަން ޔުނިޓްތަކާއި ކަރަންޓީނު ފެސިލިޓީތަކަށް، ރަށުގެ ޓާސްކްފޯސްތަކާއި ވުޒާރާތަކުގެ އިރުޝާދާއި މެސެޖްތައް ލިބޭނެ ގޮތް ވުމީ ނުހަނު ބޭނުންތެރިކަމެކެވެ.
ރެއާއި ދުވާލު ގެ ގަޑިތަކުގައި ޕެނަލް ޑިސްކަޝަންތަކާއި ސުވާލާއި ޖަވާބުގެ ސެސަންތައް ކުރިއަށް ގެންދިއުމަށް ވެސް ވަރަށް ބޭނުންތެރިކަމެކެވެ.

މިކަމަކީ
އިންފުލުއެންޒާގެ ދުވަސްވަރާއި ޑެންގޫހުމުގެ ރޯގާތައް ފެތުރިގެން ދިޔައިރު އެތައް
އެތައް ރަށެއްގައި ކުރިއަށް ގެންގޮސްފައިވާ ކަންކަމެވެ. ނަމަވެސް. ބްރޯޑްކާސްޓް
ކުރުމާއި ރި-ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުތަކާއި ގަވައިދުތަކަށް ގެނެވުނު
އިސްލާޚަކާއި ގުޅިގެން މަޖުބޫރުވެގެން ހުއްޓާލެވިފައިވާ ކަމެކެވެ.
އަޅުގަނޑު އެދެނީ، މި ދަނޑިވަޅުގައި މިކަމާއި މެދު ވިސްނަވާ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން މަނިކުފާނަށް ލިބިދޭ ބާރުތަކުގެ ތެރެއިންނަމަވެސް މިދެންނެވި ރަށު ޗެނަލްތައް ރަށް ރަށުގައި ގާއިމު ކޮށްދެއްވުމެވެ. މިކަމަކީ މާބޮޑު ހޭދައެއް ހިނގާނޭވެސް ކަމެއް ނޫނެވެ. ތިޔަ އުނިކުރެއްވި ވިހި އިންސައްތައިގެ ކުޑަ މިންވަރަކުން ރާއްގޭ ހުރިހާ ރަށެއްގައި މިކަން ކޮށް ނިންމާލެވޭ ވަރުގެ ކަމެކެވެ.
އަޅުގަނޑުމެން އެންމެނަށް މާތް ﷲ ގެ ރަޙުމަތާއި ހެޔޮދަރުމަ މިންވަރު ކުރައްވާ ދުޅަހެޔޮ ދިރިއުޅުމެއް މިންވަރު ކުރައްވާށިއެވެ. އާމީން

އިޚްތިރާމް ޤަބޫލް
ކުރެއްވުން އެދެމެވެ.
17 މާރިޗް 2020