Very little has been written on the Dhivehi language especially in a language other than Dhivehi. Therefore there has been little opportunity, for those who do not speak the language, to acquire any information about the Dhivehi language.
މިއީ ދިވެހިބަހާ މަސްހުނިވަމުން އަންނަ ބޭރުގެ އެކިބަސްބަހުގެ ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރާނޭ ދިވެހި ލަފުޒުތައް ކަނޑައެޅުމަށާއި އަލަށް ތާރަފުވާ ކަންކަމާއި އިސްތިލާޙުތަކަށް އައު ލަފުޒު ހެދުމުގައި ދިވެހިބަހުގެ އެކެޑަމީން މިހާރު ގެންގުޅޭ ހަމަތަކާއި އުސޫލުތައް ބަޔާންކުރާ ލިޔުމެކެވެ.
”އައު ލަފުޒު ފޮތް 1 ”ގެ ނަމުގައި މި ނެރެނީ މި ދެންނެވި ގޮތްގޮތުން އެކި ދުވަސްވަރު ޤައުމީ މަރުކަޒުން ހަދައިފައިވާ ލަފުޒުލަފުޒާއި މި އެކެޑަމީން ހަދައިފައިވާ ލަފުޒުލަފުޒެވެ. މި ފަދަ ލަފުޒު ފޮތެއް މި ނެރުނީ ޚާއްޞަކޮށް ދިވެހި ދަރިވަރުންނާއި ދިވެހި ޒުވާނުންނަށް ޓަކައެވެ.