
ޤައުމީ ބަތޮލުންނަކީ ކޮބައިތޯއެވެ؟ އަޅުގަނޑު ދެކޭގޮތުގައި ކޮންމެ ޤައުމެއްވެސް ޤައުމެއްގެ ގޮތުގައި ދެމި އޮންނަނީ އެ ގައުމުގައި އުފެދުނު ބަތޮލުންގެ ސަބަބުންނެވެ. އާދެ! ޤައުމުގެ މިނިވަންކަމާއި ސިޔާދަތު، ދީނާއި ޢަދުލު އިންސާފު، ތަޢުލީމާއި ތަމައްދުން، އިގްޠިޞާދާއި ތަރައްގީ އަދިވެސް ޤައުމު، ޤައުމެއްގެ ގޮތުގައި އޮތުމަށް ބޭނުންވާ ހުރިހާ ދިމަދިމާއަކުން ކުރިއަރައި ދަނީ ޤައުމުގައި އެ ދާއިރާތަކުން އުފެދޭ ބަތޮލުންގެ މިންނެތް މަސައްކަތުން ނެވެ.
ވީމާ ޤައުމު އާރާސްތު ކުރުމުގައި ތެދުވެރިކަމާއި ޤައުމީ ރޫޙްގައި މަސައްކަތް ކުރާ ކޮންމެ ފަރުދަކީވެސް ޤައުމީ ބަތޮލުންނެވެ.
އާދޭ! އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެ މާތްވެގެންވާ އިސްލާމް ދީނުގެ މަތީ މިނިވަންކަމާއި އެކުގައި މިއަދާއި ހަމައަށް ދެމި މިއޮތީ ޤައުމުގައި އުފެދުނު ބަތޮލުންގެ މިންނެތް މަސައްކަތްތަކުގެ ސަބަބުންނެވެ. އާދެ! ބައެއް ބަތޮލުން ކުރެއްވި ޖިހާދުތަކާއި ވެވަޑައިގެންނެވި ޤުރުބާނީތަކުންވެ. އަނެއްބައި ބަތޮލުންގެ ދުރުވިސްނުމާއި ޚިކުމަތުޢަމަލީ ގެ ނަތީޖާ ވެސް މެއެވެ.
އާދެ! އެކި ޒަމާންތަކުގައި ރާއްޖެ ދެކިފައިވާ ބަތޮލުންގެ ނަންފުޅުތަކަކީ ގުނާ ޢަދަދު ނުކުރެވޭހާ ގިނަ ނަންފުޅުތަކެކެވެ. އެކި ރޮނގު ރޮނގުން ޤައުމަށް ޚިދުމަތް ކޮށްދެވި އެތައް ބަތޮލުންނެއް ދިވެހި ތާރީޚުން ފެންނަން އެބަހުއްޓެވެ.