ހޭންޑް ބޯލް

AhmedSharyph
ހޭންޑްބޯލް އަކީ ޓީމު ކުޅިވަރެކެވެ. މި ކުޅިވަރަށް ހޭންޑްބޯލް ގެ އިތުރުން، "ޓީމް ހޭންޑްބޯލް"، ޔޫރަޕިއަން ހޭންޑްބޯލް" އަދި "އޮލިމްޕިކް ހޭންޑްބޯލް" ފަދަ ނަން ނަމުން ކިޔާ އުޅެއެވެ.
ހޭންޑްބޯލް ޓީމުގައި ކުޅެން އަރައިތިބެނީ 7 ކުޅުން ތެރިންނެވެ. އެއީ ގޯލް ކީޕަރެއްގެ އިތުރުން ދަނޑުމަތީ 6 ކުޅުންތެރިންނެވެ.
ކުޅިވަރަކީ، ގެންގުޅޭ ބޯޅަ އިދިކޮޅު ކުޅުންތެރިންގެ އަތުގައި ނުޖައްސައި  ހަމަ އެކަނި އަތުން އެކަކު އަނެކަކަށް އުކައިގެން ބަހަމުން ގޮސް ގޯލަށް ހަމަލާދީގެން ސްކޯރ ކުރާ ކުޅިވަރެކެވެ.
ކުޅިވަރުގެ ވަގުތަކީ 30 މިނެޓް ގެ ދެ ޕީރިއަޑެވެ. މި ދެ ޕީރިއަޑް ގެ ވަގުތު ހަމަވާ އިރު އެންމެ ގިނަ ގޯލް ޖަހާފައިވާ ޓީމަކީ މެޗުން މޮޅުވާ ޓީމެވެ.

ޒަމާނީ ހޭންޑްބޯލް ކުޅޭ ކުޅިވަރު މައިދާނަކީ 40 މީޓަރ (131 ފޫޓް) ދިގު 20 މީޓަރު (66 ފޫޓް) ފުޅާ މައިދާނެކެވެ.
މި މައިދާނުގެ ކޮންމެ ކޮޅެއްގެ މެދުގައި 3 މީޓަރ ފުޅާ 2 މީޓަރ އުސް ގޯލެއް ހުންނާނެ އެވެ. އަދި ގޯލް ވަށައިގެން 6 މީޓަރ (20 ފޫޓް) ގެ ސަރަހައްދެއް ވަކިކުރެވިފައިވާނެއެވެ. މި ސަރަހައްދަކީ ހަމަ އެކަނި ދިފާއީ ގޯލްކީޕަރަށް އެކަނި ހަރަކާތްތެރިވޭނެ ސަރަހައްދެކެވެ. ގޯލަށް ހަމަލާދީ ގޯލް ސްކޯރ ކުރެވޭނީ މި ސަރަހައްދުގެ ބޭރުން ނެވެ. ނުވަތަ ނުހުއްޓި ދަމުން މި ސަރަހައްދުގެ ތެރެއަށް "ޑައިވް" ކުރަމުން ގޯލަށް ދެވޭ ހަމަލާ އަކުން ނެވެ.

މައިގަނޑު ގޮތެއްގައި ހޭންޑްބޯލް އަކީ އެތެރޭ މައިދާނީ ކުޅިވަރެކެވެ. ނަމަވެސް ހާމަ މައިދާންތަކުގައި ވެސް ކުޅެއުޅޭ ކުޅިވަރެކެވެ. ނަމަވެސް "ފީލްޑް ހޭންޑްބޯލް" ، "ޗެކް ހޭންޑްބޯލް" އަދި "ބީޗް ހޭންޑްބޯލް" މިއީ ބޭރު މައިދާން ތަކުގައި ކުޅެ އުޅޭ ހޭންޑްބޯލް   ގެ ވައްތަރު ތަކެވެ.